ތަކެތި
- 4 ބިސް
- 3 / 2 ޖޯޑު މުގުރި ހަކުރު
- 3 /2 ޖޯޑު ފުށް
- 2 މޭޒުމަތީ ސަމުސާ ކޮކޯ
- 100 ގ. ބަޓަރ ދިޔާކޮށްފައި
- 2 އަލުވި ( މަޑުކޮށް އަދި ހިމުންކޮށްފައި )
- 2 ސައިސަމްސާ ބޭކިންޕައުޑަރ
- 1 މަތިގަނޑު ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
- ފުރަތަމަ ފުށް، ކޮކޯ، ބޭކިންޕައުޑަރ އެއްކޮށް ފުރާނާލާށެވެ.
- ދެން ބިހާއި ހަކުރު ކޮޅު އެއްކޮށްފައި ހަކުރު ރަނގަޅަށްވިރެންދެން ގިރާފައި ބަޓަރވެސް އެއްކޮށްފައި އޮމާން ވަންދެން ގިރާލާށެވެ.
- ފުށް، ކޮކޯ، ބޭކިންޕައުޑަރ އެއްކޮށް ލާށެވެ.
- ރަނގަޅަށް އޮމާންވަންދެން ގިރުނީމާ އަލުވި އަދި އެސެންސްވެސް އެއްކޮށްލާށެވެ.
- ޓްރޭގައި ބަޓަރު ހާކާފައި ޓްރޭއަށް ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.
- ޗޮކްލެޓް ޗިޕް ކްރީމް ވިޕް ކޮށްފައި ކޭކުގެ މައްޗަށް އަޅައި ފަތުރާ ލާށެވެ. ކޭކު ލޭޔަރކޮށް ނަގާފައި ކްރީމް ބެލިދާނެއެވެ.
އަނހާ ޔަމްޔަމީމާ މިވަރެއް ނޯންނާނެ….އެއްވެސް އެއްޗެއް މިވަގުތު ބޭނުމެއް ނޫން…ކޭކު ކާ ގަޑީގައި..!

