މަނީ ޓްރާންސްފާ ޕްލެޓްފޯމުތަކާއި ޑިޖިޓަލް ވޮލެޓުއް ހިމެނޭހެން، ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓްގެ ހިދުމަތް ފެށުމަށް ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ހިދުމަތް މިއަދު ތައާރަފް ކޮށްފައިވާއިރު ބީއެމްއެއެލުން ބުނީ އެ ބަދަލާއެކު، ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ބޭންކުން ބުނީ އެ ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް މި މުއާމަލާތްތައް ކުރަން ބޭނުންކުރެވޭނެ ކަމަށެވެ.
ޑިޖިޓަލް ވޮލެޓުތައް ބޭނުންކުރެވޭ ގޮތް ހެދުމާއެކު، އީ ވޮލެޓުގެ ޚިދުމަތް ފުޅާކޮށް ޒުވާން ވިޔަފާރިވެރިންނަށް ފައިދާވާނެ މަގުތައް ފަހިކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

