އެސްޓީއޯ އިން އިނގުރާއި ލޮނުމެދު ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ލޮނުމެދާއި އިނގުރު އަގު ހެޔޮކޮށްފައި ވާއިރު، ލޮނުމެދު ބަސްތާއެއް ވިއްކަން ލިބެނީ މިހާރު އަގުންނަމަ 302 ރުފިޔާއަށެވެ. އިނގުރު ބަސްތާއެއްގެ އަގަކީ 273 އެވެ.
އެސްޓީއޯއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިނގުރު ފަސް ބަސްތާ ނަގާ ނަމަ 263 ރުފިޔާއަށް މިހާރު ލިބޭނެ ކަމަށެވެ. އަދި ލޮނުމެދު ފަސް ބަސްތާއެއް ނަގާނަމަ 292 ރުފިޔާ އަށް ބަސްތާއެއް ލިބޭނެ ކަމަށެވެ.

ލޮނުމެދާއި އިނގުރު
ރަމަޟާން މަސް ފެށިގެން އައިރު، ލޮނުމަދު ލިބެންހުރި އަގާއި މިހާރު ލޮނުމެދު ލިބޭ އަގަށް ވަނީ މި ގެނެވުނު ބަދަލާއިއެކު ވަރަށް ބޮޑަށް ބަދަލެއް އައިސްފައެވެ. އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަނީ ހަރަދު ކުޑަކޮށް އާންމުންނަށް ލުއި ފަސޭފަވާނެ ގޮތަކަށް ކަންކަން ކުރުމަށް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

