ބުރިޖް ހައިވޭމަތިން ދުއްވި ޓެކްސީއެއް ކޮންޓްރޯލް ނުވެ ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު ވަގުތުގައެވެ. މިއީ އެއާޕޯޓް ބުރިޖް ހައިވޭމައްޗަށް އެރި ޓެކްސީއެއް ކޮންޓްރޯލްނުވެ ނައްޓައިގެންގޮސް ހނިގި ހާދިސާއެކެވެ. މި އެކްސިޑެންޓްގައި ކާރު ޖެހިފައިވަނީ ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހެއްގެ ގައިގައެވެ.
ސޯޝަލްމީޑިއާގައި މި ވީޑިއޯ ދައުރުމަމުންދާއިރު ފެންނަ ގޮތުގައި ދުއްވަމުންދިޔަ އުޅަނދުތަކަށް ފުލުހަކު ކުރިއަށްދިއުމަށް އިޝާރާތް ކުރުމުން އަޅާލަން މަސައްކަތްކުރި ކާރު، ސްޕީޑް ބާރުވެ ފުލުސްމީހާގައި ޖެހުނު ގޮތަށް އޭނާ ވަނީ ވެއްޓިފައެއެވެ.
މި އެކްސިޑެންޓަގައި ފުލުސްމީހާއަށް މާ ބޮޑު ގެއްލުމެއް ލިބިފައިއެއް ނުވެއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ކާރު ދުއްވި މީހާ ހައްޔަރުކޮށް މައްސަލަ މިހާރުދަނީ ބަލަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

