ރިޔާސީ އިންތިހާބުގެ އެކިއެކި ފަހަރުމަތިން، މޯލްޑިވިއަނުން ދަތުރުކޮށް ފައިސާ ނުދައްކައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) ގޮވައިގެން މޯލްޑިވިއަނުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސެޕްޓެމްބަރ 2023 އާއި އޮކްޓޯބަރ 2023 އާއި ދެމެދު ކުރި ދަތުރުތަކަށްވާ 5.6 މިލިއަން ރުފިޔާ ހޯދުމަށް އެކިއެކި ފަހަރުމަތިން އެމްޑީޕީއަށް ވަނީ އަންގައިފައެވެ.
ހުވަދޫ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެމްޑީޕީ އިން އެ ފައިސާ ހޯދުމަށް އެކިއެކި ފަހަރުމަތިން އަންގާފައިވާނެ ކަމަށެވެ.
އަދި އެކިއެކި މުއްދަތް ދިނުމަށް ފަހު ވެސް ފައިސާ ނުދެއްކުމުން ސިވިލް ކޯޓަށް، މިހާރު މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

