ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:43 އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ވަރަށް ދެރަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކޮންޓްރޯލްނުވެ ޒިބްރާކްރޮސް ދަޑީގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ފުރަތަމަ ފަރުވާދިނީ ފުވައްމަލަކު ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރުފަރުވާ އަށް މިހާރު ވަނީ މާލެ ގެނެވިފައެވެ.
އަނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

