ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯ ނަމަކަށް ކިޔާ ބާވަތެކެވެ.
ކަސްޓަމުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޔުނިޓުން ބަލާ ފާސްކުރެވުނު ދެ ޕެކޭޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި ތަކެތި ވަނީ ތަހުލީލް ކޮށްފައި ކަމަށެވެ.
އަތުލައިގަންފައިވާ މަސްތުވާތަކެއްޗަކީ ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ކަމަށްވެސް ކަސްޓަމުން ބުނެއެވެ.
މި މަސްތުވާތެކެތީގެ ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3.1 ކިލޯގްރާމް ހުރިއިރު ދެވަނަ ޕެކޭޖުގެ ބަރުދަނުގައި 210 ގުރާމް ހުރިކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އިތުރަށް މި ކަން ތަހްގީގްކުރުމަށްޓަކައި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމުން ބުނެއެވެ.

