ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރަމުންދާ ފަރާތްތަކުގައި މެދުގައި ބާއްވާ އެންމެ ބޮޑު ބޮކްސް ބެޓްލް މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޓިކްޓޮކްގެ ގޭމިން ޕްލެޓްފޯމުގައި ކުރެވޭ މި ބެޓްލް ތަކަކީ މިހާރަކަށް އައިސް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެ ގިނަ ބަޔަކު ބައިވެރިވެ، އޭގެން މަންފާ ހޯދާ ކަމެކެވެ.
މާދަމާރޭ ރާއްޖޭގައި ބާއްވާ ބޮކްސް ބެޓްލްއަކީ ރާއްޖޭގެ ޓިކްޓޮކުގައި ޓީމްސްތަކެއްގެ ގޮތުގައި މަސައްކަތްކުރާ ގިނަ ޓީމްތަކެއް ބައިވެރިވާ ބޮކްސް ބެޓްލްއެކެވެ. މި ބޮކްސް ބެޓްލްގެ ޕްރައިޒް ތަކަށް ޖުމްލަ 35000 ރުފިޔާ އަރާނެ ކަމަށް މި ބޮކްސް ބެޓްލް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މިބޮކްސް ބެޓްލްގެ 1 ވަނަ އަށްދާ ގިފްޓަރ އަށް 15000 ރުފިޔާ ލިބޭ އިރު، އެންމެ ގިނައިން ގިފްޓް ލިބޭ ހޯސްޓަށް 2 ޓިކްޓޮކް ޔުނިވާސް ( 500 ޔޫއެސް ޑޮލަރުގެ އަގުހުރި ) ލިބޭނެއެވެ. އަދި ބޮކްސް ބެޓްލްގެ 2 ވަނަ 3 ވަނަ ގިފްޓަރ އަދި ހޯސްޓަރ ހޮވައި އިނާމް ތަކެއް ވަނީ ކަނޑައަޅާފައެވެ. މާދަމާ ރޭ އޮންނަ ބޮކްސް ބެޓްލް ކުރިއަށް ދާނީ ރޭގަނޑު 21:30 އިން 23:00 އަށް މަޝްހޫރު ޓިކްޓޮކް ހޯސްޓް ބަޓައްކޮ އައިޑީގައެވެ.
https://www.tiktok.com/@toolip96 މި ލިންކުން މާދަމާރޭގެ ބޮކްސް ބެޓްލްގެ އިތުރު މައުލޫމާތުތައްވެސް ލިބިގެންދާނެއެވެ.
އަޅުގަނޑުމެން މުޅިދުނިޔެއަށް ދައްކާލަން ބޭނުންވަނީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީއަކީ، ވަރަށް އެކުވެރި، އަދި ވަރަށް ވަރުގަދަ ކޮމިއުނިޓީއެއްކަން- ބަޓައްކޮ
ބޮކްސް ބެޓްލްތަކާއި ބެހޭގޮތުން، އަމިއްލައަށް ތަޖުރިބާ ކޮށްލަން ބޭނުންފުޅުވެލައްވާނަމަ https://www.tiktok.com/@anaazu/video/7309529643445390593 މި ލިންކުގައި މީގެ ކުރިން ރާއްޖޭގައި ބޭއްވި ބޮޑު ބޮކްސް ބެޓްލްއެއް ފެނިގެންދާނެއެެވެ.

ޝޯޝަލް މީޑިއާގެ ވަރުގަދަ ޓިކްޓޮކް ޕްލެޓްފޯމަކީ މިހާރު ރާއްޖޭގައި ގިނަ ފަރާތްތަކެއް އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތެކެވެ. ގިނަ ބަޔަކަށް ޓިކްޓޮކް ރަނގަޅު މާނައެއްގައި ނުނެގުނު ކަމުގައި ވީ ނަމަވެސް، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަށް ދަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުންނެވެ.
ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، މިއުޒީޝަނުންނާއި، އަދި އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތުގައި އުޅުއްވާ ގިނަ ފަރާތްތަކުންވެސް ދަނީ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ގިނަ މައުލޫމާތާއި، އެތައް މުހިންމު ކޮންޓެންޓުތައް ދޫކުރަމުންނެވެ. ޓިކްޓޮކަކީ ޔޫޓިއުބް ގޮތަށް ގިނަ ވިއުސް އަދި ލައިކްސް ހޯދާ ކްރިޢޭޓާސް ތަކަށް އާމްދަނީ ދޭ ބައެކެވެ. މިހާރަކަށް އައިސް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ރަސްމީ ޓިކްޓޮކް އެކައުންޓްތައް ހަދައި، ދަނީ އިޝްތިހާރު ކުރަމުންނެވެ.
ޓިކްޓޮކަކީ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ނަމަ، ފައިދާ ކުރާ ޝޯޝަލް މީޑިއާގެ ބޮޑު ޕްލެޓްފޯމެކެވެ. ރާއްޖޭގެ ބޮޑެތި ފަންޑްރައިޒިން ހަރަކާތްތަކަށް ވެސް ޓިކްޓޮކް މެދުވެރިކޮށް ދަނީ ގިނަ އެހީތަކެއް ހޯދަމުންނެވެ.

