ނަމާދު އެޅުމަކީ ދީނުން ބޭރުވެގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ޢަމަލެކެވެ. ނަމާދަކީ ކާފަރުކަމާއި އީމާން ކަމާއި ދެމެދު ހުރި އިންފާރެވެ. ނަމާދަށް ފަރުވާކުޑަ ކުރުމަކީ މުނާފިޤުންގެ ސިފައެކެވެ.
އެއްވެސް އަލިކަމެއް ނެތް ކައްވަޅުގައި އެކަނިމާ އެކަނި ތިމާ ވާނޭ ވަގުތު ތިބާއަށްޝަފާއަތް ތެރިވާނެ އަމަލަކީ ނަމާދެވެ. ނަމާދުތަކަށް ރައްކާތެރި ނުވާ މީހާއަށް ޤިޔާމަތް ދުވަހު ސަލާމަތް ވާނޭ ހަމަ އެއްވެސް މަގެއް ނެތެވެ. އެފަދަ މީހަކު ސަލާމަތް ވުމަށް ދައްކާނެ ހުއްޖަތެއް ބުރުހާނެއް ،ނަޖާތެއް އަދި އަލިކަމެއްނުވެއެވެ.
ނަމާދު އަޅާފައި އާހިރަތުގެ ހެވާއި ލާބަ ނަގާލައި މި ދުނިޔޭގެ އުފަލާއި އަރާމަށް އެދި ތިޔަ ކުރެވެނީ ބޭކާރު ކަމެކެވެ.
ރިޒުޤު ހޯދުމަށް އެދި ތިޔަ އަދާކުރަމުން އަންނަ ވަޒީފާއަކީ ނަމާދަށް އޮތް ހުރަހަކަށް ނަހަދާށެވެ.
ދުވާލަކު 5 ފަހަރު ތިބާ ހެއްދެވި ފަރާތާއި ބައްދަލު ވެވޭނެ މަގަކީ ނަމާދު ކަން އެނގޭހިދު އެ ފުރުސަތު ނަގާ ތިޔަލަނީ ތިބާގެ މޮޔަކަމުންނެވެ.
ހިތްހަމަ ޖެހުމާއި އުފަލުގައި ހުންނަން ބޭނުން ނަމަ ފަސްވަގުތު ނަމާދު ކުރާށެވެ. ނަމާދުކުރުން ފަސްނުކުރާށެވެ. ނަމާދާއި ދުރުކުރާ ކޮންމެ ކަމަކުން ދުރުވެ ގަންނާށެވެ.
މަރުވީއްސުރެ ސުވަރުގެ ވައްދަވަންދެން ތިބާއަށް ސަލާމަތްކަން ދިނުމުގައި ތިބާ ކުރި ނަމާދުތައްސާބިތު ވާނެއެވެ.

