މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ އަކަށް އަހްމަދު އަޝްފާން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ މުއައްސަސާގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސާފައިވާކަން ހާމަކޮށްފައެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ވަނީ އަޝްފާނަށް މަރުހަބާ ކިޔާފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އަޝްފާން އެ ކުންފުންޏަށް 18 އަހަރު ހިދުމަތްކޮށްދީފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު އަޝްފާންއަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޑެޕިއުޓީ ކޮންޓްރޯލާކަމުގެ ދަށުގައި އެ މުއައްސަސާ އިތުރު އުސްއަލިތަކަށް ގެންގޮސްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެ އެވެ. އަޝްފާން ވެސް ކުރިން ވަނީ ގައުމީ ޓީމަށް ކުޅެފައެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް މިހާރު ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.

