ގދ.ތިނަދޫއިން އިތުރު ޓީޗަރަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ ތިނަދޫގައި ހުންނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރެކެވެ.
މިއީ، މި ހަފްތާ ތެރޭގައި ގދ.އަތޮޅު ތައުލީމީ މަރުކަޒުން ފައްސިވި ދެވަނަ ޓީޗަރެވެ. މީގެ 3 ދުވަސް ކުރިންވެސް އެ ސްކޫލްގެ ބިދޭސީ ޓީޗަރަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.
ތައުލީމީ މަރުކަޒުން ދެ ޓީޗަރަކު ފައްސިވެފައިވާއިރު، އެ ސްކޫލުގެ ގްރޭޑް 9 އަކުން މަތީ ކުލާސް ތަކުގެ ކިޔެވުން އަދިވެސް ކުރިއަށްދާ ކަން ފާހަގަ ކޮށްލެވެއެވެ.
މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްގެ ގޮތުގައި 16 ފަރާތެއް އެބަހުއްޓެވެ. އަދި ތިނަދޫ އިން މިހާތަނަށް 956 ފަރާތެއް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

