ބަހުރަވައަކީ ވަރަށް މުހިންމު ބާރެއް ލިބިދީގެންވާ އެއްޗެކެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައި ތަފާތު ވައްތަރު ބަހުރަވަ ބޭނުންކުރެވޭއިރު، ކުޅެދޭ މީހުންނާއި ނުކުޅެދޭ މީހުންގެ ބަހުރަވަވެސް ވަރަށް ތާފާތެވެ. ވާހަކަ ދައްކަން ޖެހޭ ގޮތާއި މުއާމަލާތް ކުރުމަށް ގެންގުޅޭ ގޮތްވެސް ތަފާތެވެ.
ދުނިޔޭގައި އެތައްބަޔަކު ދިރިއުޅޭއިރު، މިއިން ކޮންމެ މީހަކީވެސް ތަފާތު މިހެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. އުފެދުމުގައި ވެސް ތަފާތެވެ. އަޑު އެހުމާއި އަޑުއިވުމުގައެވެ. ވިސްނުމާއި ފިކުރުކުރުމުގައި ތަފާތު ކަމުގައިވީ ނަމަވެސް މިއިން ކޮންމެ މީހަކީވެސް އިހުތިރާމް ލިބިދީގެންވާ މިހެކެވެ. އެހެންކަމުން ކޮންމެ މީހަކީވެސް ގަދަރުކުރަން ޖެހޭ ގަދަރު ލިބިދީގެންވާ މީހެކެއެވެ. އަޅާލުމާއި ލޯބި ދޭން ޖެހޭ މީހެކެއެވެ.
ބަހަށް އިހުތިރާމް ކުރުމާއި ގަދަރު ކުރަންޖެހޭއިރު، އިޙްތިރާމް ކުރުމާއިއެކު ހެޔޮލަފާ ގޮތުގައި ބަހުރުވަ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަގާފަތް ބަދަލުވާ ވަރަކަށް ބަހުރުވަ ބަދަލުވެ، މުޖުތަމައުތަކުގެ މީހުން ހޭލުންތެރިކަން ކުޑަވަމުންދެއެވެ. ކަންމިހެން އޮތްއިރު، ރަނގަޅު އަޑު އެހުމާއި އެ އަޑުތައް ކޮޕީ ކޮށް އޯގާތެރިކަމާއި އެކު މުއާމަލާތް ކުރާ މީހުންވެސް މަދެވެ.
ހާއްސަކޮށް ބަހުރުވަ ބޭނުން ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭ ބަޔަކީ މަންމަން ބީރު، އަޑުނީވޭ، މީހުންނެވެ. އަދި އޯޓިސްޓް ކުދިންނާއި، ހިނގާބިގާވެ ނޫޅެވޭ މީހުންނެވެ. ހަގީގަތުގައި ވެސް ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމަކާއި ކުރިމަތިލާން ޖެހިފައި ތިބޭމީހުންނެވެ. ހަމަ ބުއްދިން ވިސްނާ މީހުންވެސް މިފަދަ މީހުންނަށް އެހީތެރިވުމުގެ ބަދަލުގައި އެމީހުން މާޔޫސް ކޮށްލައެވެ. ސަބަބަކީ ނުކުޅެދުންތެރިކަން ހުންނަމީހުންނާއި މުއާމަލާތުކުރުމުގައި ގެންގުޅެންޖެހޭ ބަހުރަވަ ތަފާތުވުމުންނެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ހުންނަ ތަފާތަށް ވިސްނާލުން ބުއްދިވެރިއެވެ. ތިމާގެ އަމިއްލަ ނަފްސަށް އިޝާރާތްކުރާ ގޮތް ފުރަތަމަ ވިސްނާލުމަކީ ވަރަށް ބުއްދިވެރި ގޮތެވެ. ޢާންމުގޮތެއްގައި ލެންގުއޭޖާއި އައިޑެންޓިޓީ، ފަސްޓް ލެންގުއޭޖުއަކީ އެންމެ މުހިންމު ކަމެވެ. ކަންމިހެން އޮތުމުން ނުކުޅެދުންތެރި ކަމަށްވުރެ ބޮޑަށް އެމީހެއްގެ ޝަޚްޞިއްޔަތަށް އިސްކަންދީނުމުގައި ބާރުއަޅަންޖެހެއެވެ.
މިއީ ކޮންމެ މީހެއްގެ ވެސް އިންސާނިއްޔަތުކަން ދެނެގަތުމަށް މަގުފަހިކޮށްދޭ ނަޒަރިއްޔާތަށް އަންނަ ކުޑަ ނަމަވެސް ބާރުގަދަ ބަދަލެކެވެ.
ނުކުޅެދުންތެރިކަމަށްވުރެ އެމީހެއްގެ ޝަޚްޞިއްޔަތަށް އިސްކަންދެވިއްޖެނަމަ މީހާގެ އުޅުމާއި ގުޅުން ވަރަށް ރަނގަޅަށް ކުރިއަށް ދާނެއެވެ. “ނުކުޅެދުންތެރިކަން ހުންނަ” ނުވަތަ ނުކުޅެދުންތެރިކަމުގެ ކޮންމެވެސް މިނަވަރެއް ތަހައްމަލުކުރަން ޖެހޭ މީހުންންގެ އިހުސާސްތައް ވަރަށްވެސް ތަފާތެވެ.
ނުކުޅެދުންތެރިކަން ހުންނަ ބައެއް މުޖުތަމައުތަކުން އެފަދަ މީހުންނާއި ދޭތެރޭ އަމަލުކުރާ ގޮތް އިންސާނިއްޔަތުކަމާއި ވަރަށްވެސް ދުރެވެ.
ތަފާތު ވިސްނުންތަކުގެ ސަބަބުން، ކޮންމެ ފަރުދަކުވެސް މުޚާޠަބުކުރަން އިސްކަންދޭ ގޮތް ދެނެގަންނަން ޖެހެއެވެ. ނަމަވެސް މި ރާއްޖޭގައި މި ނާތަހުޒީބު އުޅުމުގެ ތެރެއިން ވަރަށްވެސް ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލިކަށި ކުރުވާ ފަދަ ޒާތަށް އަމަލުތައް ކުރައެވެ.
މިއީ ކަން ހިނގާގޮތް ކަމުގައިވީނަމަވެސް މި ކަމަށް އޮތް ހައްލަކީ އެފަދަ މީހުންނަކީވެސް ތިމާމެންފަދަ އިންސާނުންކަން ދަނެގެން އެމީހުންގެ ބަހުރަވަޔާއި އެއްގޮތަށް ވާހަކަ ދެއްކުން ގެންގުޅުމެވެ.
ތިމާއަށްވެސް އެފަދަ ދުވަހެއް އައިސްދާނެ ކަމަށް ދަނެގެން ވިސްނުން ގެންގުޅުމެވެ.

