މި ހިނގާ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުން މަޖިލީސް އިންތިޚާބުގައި ތިނަދޫ ސީޓީ އުތުރު ދާއިރާ އަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް ސަޢުދުﷲ ހިލްމީ، ގިނަ ބަޔަކާ އެކު ކެމްޕެއިން އިތުރަށް ފުޅާ ކޮއްފިއެވެ.
މިއަދު ހަވީރު ސައުދުﷲ ހިލްމީގެ ކެމްޕެއިން ޓީމުން ތިނަދޫ ސިޓީގެ މަގުތަކުގައި ސައިކަލު ބުރެއް ކުރިޔަށް ގެންގޮސްފައެވެ. ސައުދުﷲ ވެސް ބައިވެރިވެލެއްވި މި ސައިކަލު ބުރަކީ ސަޢުދު އަށް ތާއީދު ކުރާ ފަރާތްތަކުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ސައިކަލް ބުރެކެވެ.
ގިނަ ޢަދަދެއްގެ ޒުވާނުންގެ އިތުރުން ސަޢުދު އަށް ތާއީދު ކުރާ އެކި އުމުރު ގެ މީހުން ވެސްް މި ސައިލަލް ބުރުގައި ބައިވެރިވި ކަން ފާހަގަ ކުރެވެއެވެ.

ތިނަދޫ އުތުރު ދާއިރާެގެ ސަރުކާރު ކެންޑިޑޭޓް ސައުދުﷲ ހިލްމީ ކެމްޕެއިނުގައި މިއަދު ކުރިއަށް ގެންދިޔަ ޕިކަޕް ބުރު
ސައުދުގެ ކެމްޕެއިން އިމާރާތް ކައިރިން ސައިކަލު ބުރު ފެށީ ހަވީރު 5 ޖެހި އިރުއެވެ. އެ ސިޓީގެ ގިނަ މަގުތަކުގައި ކެންޑިޑޭޓަށް ތާއީދު ކޮށް ޝުޢޫރު ފާޅު ކުރަމުން ފޯރިޔާ އެކު ކުރިޔަށް ގެންދިޔަ މި ހަރަކާތް ނިންމާލީ ހަވީރު 5:30 ގައެވެ.
ސައުދުﷲ ގެ ކެމްޕެއިން މިއަދުގެ ހަރަކާތް ކުރިޔަށް ދިޔަ ވަގުތު ވާރޭ ވެހުނު ނަމަވެސް ސައިކަލް ބުރުގެ ބައިވެރިން ހަރަކާތުގައި ބައިވެރިވެ ތިބި ކަން ފާހަގަ ކުރެވުނެވެ. މި ސައިކަލް ބުރުގައި ތިނަދޫ ގައި ތިއްބަވާ ސަރުކާރުގެ ބައެއް އިސް ވެރިންގެ އިތުރުން އެގްރޯ ގެ އެމްޑީ ހުސައިން ދީދީ( ހުސްޑީ) ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސައުދުﷲ ހިލްމީ އަކީ މީގެ ކުރިން ވެސް ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރެއްވި ބޭފުޅެކެވެ. ނިމި ދިޔަ އެމްޑީޕީގެ ވެރިކަމުގެ ކުރިން ދައުރުގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނަވާ ރަށަށް ގިނަ މަސައްކަތް ތަކެއް ކުރެއްވި މެންބަރެކެވެ.
ކުރީގެ އެމްޕީ ސައުދުﷲ ހިލްމީގެ އިތުރުން ދެން ތިނަދޫ ސިޓީ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ބޭފުޅުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ގައިސް އާއި ތިނަދޫ ސިޓީ ދެކުނު ދާއިރާ ކުރީގެ މަޖިލިސް މެމްބަރު ޢަބްދުﷲ އަހުމަދު( އަބުޅޯ) އެވެ.
ސަޢުދުﷲ ހިލްމީގެ ކެންޑިޑޭޓް ނަންބަރަކީ 1 އެވެ.

