މި ސަރުކާރުން ހުޅުމާލެ ފޭސް 3 އަށް އުންމީދީ ދިރުން ގެނުވާ އެ ސަރަހައްދުން 15 ހެކްޓަރ ބިން ހިއްކަން ފަށައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ބިންހިއްކުމުގެ މަސައްކަތް މިހާރު ހަލުވި ކަމާއިއެކު ކުރިއަށް ގޮސް ބިން މިހާރު ވަނީ ހިއްކާ ނިމިފައި ކަމަށެވެ. އަދި ބާކީ ނުނިމިހުރި ބައި މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް މިދަނީ ބާރު ދުވެލީގައި ކަމަށް ބުނެފައި ވެއެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރ ބިން މިހާރު ވަނީ ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް 5 ހެކްޓަރ ހިއްކާފައެވެ.

މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރއެވެ.
މިއާއެކު ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެކުލަވައިފައިވާ ޗާޓުގައި ފެހިކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ދިނުމަށް އެ ކޯޕަރޭޝަނުން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ބިންހިއްކުމުގެ މަސައްކަތް މިހާރު ހަލުވި ކަމާއިއެކު ކުރިއަށް ގޮސް ބިން މިހާރު ވަނީ ހިއްކާ ނިމިފައި
މީގެ އިތުރުން އެ ސަރަހައްދުން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ވަނީ ފަހިކޮށްދީފައި ކަމަށްވެސް އެޗްޑީސީން ވަނީ ހާމަ ކޮށްފައެވެ.

