ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި ޢީދުގެ މުނާސަބަތުގައި ރާއްޖެ ދިއްލާލާ ތަކުބީރު އަޑުން ގުގުމާލުވުމުގެ މަސައްކަތް ސަރުކާރުން ފަށައިއެވެ.
ކައުންސިލް މިނިސްޓީން ބުނީ ހޯމަ ދުވަހުގެ ޝިއާރުތައް ދިއްލުމާއި އެކު ތަކްބީރުގެ އަޑު އިއްވާދޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތުގެ މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަދި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅުގެން ދަނީ ކުރެވެމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިހަރަކާތުގެ ތެރޭގައި އީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ.
މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި އީދަށް ހާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް ބުނެފައި ވެއެވެ. އެމިނިސްޓްރީން އިތުރަށް ބުނީ ގިނަ ރަށްރަށުގައި މަސައްކަތުގެ ބޮޑުބައި ވަނީ މިހާރު ނިމިފައި ކަމަށެެވެ. އަތޮޅު ތެރޭގައި މިމަސައްކަތުގައި ކައުންސިލުގެ އިތުރުން ފެނަކަ އާއި ސްޓެލްކޯގެ ބައިވެރި ވުމާއެކު ކުރިއަށް ދާއިރު ސިޓީތަކުގައި ސިޓީ ކައުންސިލު ތަކުން މިމަސައްކަތުގައި ވަރަށް ބޮޑު ދައުރެއް ދަނީ އަދާކޮށްފައި ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

