މާލޭގެ މަގެއްގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވުމުން ސައިކަލުން ދަތުރު ކުރި ދެ މީހުން ފިލައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިއްޒުދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަަަމަށް ރޭ 23:17 ހާއިރު ފުލުހުންނަށް ރޭގައި ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އަނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި އަންހެނެކެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލު ތިބި ދެ މީހުން މަޑު ނުކޮށް ފިލާފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި ސައިކަލާއި އަދި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

