ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ހިލާލީ ގެއަަށް ބަދަލުވެވަޑައިގެންފިއެވެ.
ހިލާލީ ގެ އަކީ ރާއްޖޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފޫޅަކަށް ހާއްސަކޮށްފައިވާ ރަސްމީގެކޮޅެެވެ. މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ދިރިއުޅުއްވާފައިވަނީ ހީލާލީގޭގައެވެ.
ނައިބު ރައީސް ހިލާލީ ގެއަށް ބަދަލުވެ ވަޑައިގެނފައިވާއިރު ނޮވެމްބަރު 17 އިން ފެށިގެން ވެރިކަމާއި ހަވާލުވިފަހުން ހިލާލީ ގެއަށް ބަދަލުވުމާއި ހަމަޔަށް އުޅުއްވާފައިވަނީ އެމަނިކުފާނު މެމްބަރު ކަމުގެދައުރު ފުރުއްވިއިރުވެސް އުޅުއްވި ގެ ކޮޅުގައެވެ.
ހިލާލީ ގެއަށް ބަދަލުވެފައިވާ އިރު، މިހާރު ވެރިކަމާއި ހަވާލުވި ފަހުން ވަނީ 4 މަސް ފާއިތުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހިލާލީގެއަށް ނައިބު ރައީސް ބަދަލުވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

