މި ދުވަސްވަރަކީ އަރިދަފުސް ރޯގާފެތުރިފައިވާ ދުވަސްވަރެއް ކަމުން، މިއަދު ތައްޔާރުކުރަން މި އުޅޭ ބުއިމަކީ ރޯގާޖެހި ކެއްސާ ނަމަ ގޭގައި ފަސޭހައިން ތައްޔާރުކޮށްލަން ރަގަނޅު ބުއިމެކެވެ.
ބޭނުންވާ ތަކެތި:
1 ވަށް ދޮންކެޔޮ
1 ތަށި ފެން
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮ ވައްކާއި ފެންތަށި މިކްސަރަށް އަޅާލުމަށް ފަހު ރަގަނޅަށް ގިރާލާފައި ފުރޭންޏަކުން ފުރާނާލާށެވެ. ފުރާނާލާފައި ހުރި ފެން ތައްޓަކަށް 1 ސަމްސާ މާމުއި އަޅާލުމަށް ފަހު ރަގަނޅަށް ގިރާލާށެވެ. ކޮންމެދުވަހަކު ހެނދުނު މި ބުއިން ބޭނުންކުރާށެވެ.
ދޮންކޭލަކީ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެހީވެދޭ މީރު މޭވާއެކެވެ.
ގުދުރަތީ މާއްދާތަށް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ބުއިމުން ގިނަގުނަ ފައިދާތަކާއި އެކު އަރިދަފުސް ރޯގާގެ އުނދަގުލުން ސަލާމަތް ވެގެންދާނެއެވެ. ނިކަން އަޖުމަ ބަލާލާށެވެ.

