ރަމަޟާން މަހުގެ ބަރަކާތްތެރި ރެއެއް ކަމުގައިވާ ލައިލަތުންގަދުރި ލިބިގަތުމައްޓަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅުކަން ކުރާ މީހުންގެ ލައިލަތުލް ޤަދްރިއަށް އުއްމީދުކޮށްގެން ހަރަމްފުޅަށް ޖަމާވިއެވެ.
ރޫހާނީ، ހަމަޖެހުމާއި އަމާންކަމުގެ މާހައުލެއް ހޯދުމަށް އެންމެން އަވަސްވެގަތެވެ.
އިއްޔެ ހެނދުނުން ފެށިގެން އަޅުކަން ކުރާ މީހުންނާއި އުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކުން ވަނީ ސައުދީގެ އެކި މިސްކިތާއި އެތަނުގެ ފަންގިފިލާތަކާއި ގޯތިތެރެތަކާއި އެކު ފުރާލާފައެވެ. މިއީ 27 ވިލޭރޭ، އެ ރޭގެ އަޅުކަން ކުރުމައްޓަކާއި، ލައިލަތުލްގަދުރި ލިބިގަތުމައްތަކާއި، މީހުން މިސްކިތްތަކަށް ޖަމާވި ޖަމާވުމެވެ. ސައޫދީ ސަރުކާރުން ވަނީ އަޅުކަން ކުރުމުގައި ލުއިފަސޭހަކަން ކަށަވަރުކޮށްދީ، ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދީފަ އެވެ.

މައްކާ ހަރަމްފުޅު /ފޮޓޯ ސައުދީ ޕްރެސް އެޖެންސީ
ސައުދީ ޕްރެސް އެޖެންސީން ރިޕޯޓް ކޮށްފައިވާ ގޮތުން ސައުދީ ސަރުކާރުން ނަމާދު ކުރެވޭނެ ގޮތް ރަނގަޅުގޮތުގައި ބެލުހެއްޓުމުން ދަށުން ތަވާފް ކެޕޭސިޓީ ފުޅާކޮށް، ގިނަ ބަހުން ޤުރުއާން ކޮޕީ ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އަދި އެ ސަރަހައްދު ސާފުކުރުމާއި ވެންޓިލޭޝަން އަދި އެއާކޮންޑިޝަން ވަރަށް ރަނގަޅަށް ބެލެހެއްޓިފައި ވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އިތުރު ފަސޭހައަކަށް ޓަކައި މިސްކިތުގެ ޖާގައިގެ ތެރޭގައި ހިނގާބިނގާވެ އުޅުމަށް ލުޔެއް ދީފައިވެ އެވެ.
ޑިސްއިންފެކްޓް ކުރުން ހަރުދަނާކުރުމާއި، ސުޕަވައިޒަރުން ދޮރުމަތީ ބެހެއްޓުމާއި، ނަމާދުކުރާ މީހުންނަށް ފަރުވާތެރިކަމާއެކު އިރުޝާދު ދީފައިވެއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނަމާދު ކުރާ ތަންތަނަށް ވަނުމާއި ނުކުތުމާއި، ނަމާދު ކުރާ ތަންތަނަށް ވަނުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.

މައްކާ ހަރަމްފުޅު /ފޮޓޯ ސައުދީ ޕްރެސް އެޖެންސީ
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކުރި މި މަސައްކަތްތަކުގެ ސަބަބުން ހަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ގެންގުޅެވުނު އަހައްމިއްޔަތުކަން ފާހަގަކޮށްފައިވެއެވެ.

