އަނެއްކާވެސް އއ ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެެއް އާންމުވެއްޖެއެެވެ. އެހެންނަމަވެސް މިއީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރީގެ ވީޑިޔޯއެކެވެ.
އާންމުވެފައިވާ އެ ވީޑިއޯއިން ފިރިހެން ކުއްޖާގެ ގައިގައި ޖަހާ، ފައިގަ ދަތި އަޅުވައި ބާރަކަށް ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެނިގެންދެއެވެ. އެހެންނަމަވެސް، ރޭގެ ވީޑިއޯއިން ކުޑަކުއްޖާއަށް އަނިޔާ ކުރާ ކަމަށް ބެލެވޭ ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއަކީ މީގެ ދޮޅުމަސް ކުރިން ހިނގާފައިވާ ކަމެއްކަަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ރަސްދޫގައި ރޭ ހިނގާ ދިޔަ ހާދިސާއާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިތުރުން ހޯމް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެއް މިހާރު ރަސްދޫގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން ވަނީ ވިދާޅުވެފައެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

