އ. ރަސްދޫގައި ކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލައާ އަދި މިހާތަނަށް ސުވާލުކޮށްފައިވަނީ އެއް ކުއްޖަކާކަމަށް ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މިކަން ކުރި ދެކުދިންވެސް މިހާރު ދެނެގަނެވިފައިވާކަމަށާއި، އެއީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއް ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއް ކުއްޖަކު އޭނާގެ ބެލެނެވެރިޔާއާއެކު ފުލުހަށް ހާޒިރުވެ ބަޔާން ދީފައިވާ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެ ނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށެވެ. އެގޮތުން ކުޑަކުއްޖާ ބަންދު ކުރުމުގެ އަމުރު ނެރެންޖެހޭ ކޯޓު ވެސް ސާފު ނުވާ ކަމަށާއި ގާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކޯޓު އަމުރު ހޯދުމުގެ ހުރި ގޮންޖެހުންތައް ވެސް ހައްލުވާނެ ކަމަށް ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިޙްސާނު ވަނީ ވިދާޅުވެފައެވެ.

