މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އިން ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 6:15 އިން 11:00 އަށެވެ.
ސަމާލުގައި ބުނެފައިވަނީ ބޯކޮށްް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ހަތަރު ގަޑިއިރު ކުރިންވެސް އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލުނެރެފައެވެ. އަދި ވައި އެނބުރި މަޑުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ވަނީ ހާމަކޮށްފަ އެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓުގައެވ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ހޫނުގަދަވެފައި އޮތުމަށްފަހު ބައެއް ސަރަހައްދުތަކަށް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ.

