އުމްރާއަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް (74އ) އެވެ.
އައިޝަތު ނިޔާވެފައިވަނީ މައްކާގެ ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް، ރޭގެ ވަގުތެއްގައެވެ.
ދާދި ފަހުންވެސް އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ހއ ދިއްދޫ ފިރިހެނަކު ވަނީ ނިޔާވެފައެވެ.
ހައްޖަށާއި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި ދިވެހިން ނިޔާވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.

