އއ. ރަސްދޫ މިސްކިތުގެ ފާާހާނާތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ހިމެނުނު އެއް ކުއްޖެއްގެ އާއިލާއިން މާފަށް އެދެފި އެވެ.
އާއިލާގެ ފަރާތުން މާފަށް އެދިފައިވަނީ ފޭޭސްބުކް ޕޯސްޓެއް މެދުވެރިކޮށެވެ.
ރަސްދޫގައި ހިނގި މި ހާދިސާގައި ހިމެނުނު ދެކުދިންނަސް އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދަނިކޮށް، ފޭސްބުކުގައި މާފަށް އެދި ޕޯސްޓެއް ކޮށްފައިވަނީ މި މައްސަލާގައި ހިމެނޭ 14 އަހަރުގެ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުންނެވެ.
އެ ޕޯސްޓުގައި ބުނީ އެ ކުއްޖާގެ އަމަލު އާއިލާއިން ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށާއި، އަދި އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. ހަމަ އެއާއެކު އަނިޔާވި ކުއްޖާއަށް ލިބުނު ބިރުވެރިކަމާއި ނަފްސާނީ ގެއްލުމަކީ އުމުރު ދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ އެކަމާ އެ އާއިލާއިން ހިތާމަ ކުރާ ކަމަށެވެ. ހަމަމިއާއެކު ބުނެފައިވަނީ އަނިޔާ ލިބުނު ކުއްޖާ އާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ރަސްދޫގެ މިސްކިތއްގެ ވުޟޫކުރާ ބައިގެ ތެރޭގައި ކުޑަކުއްޖަކަށް، ގަނާކުރުމާއެކު އަނިޔާކުރި މައްސަލަ ބެލުމަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދި ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ.

