ހުތުބާ ތަކުގެ ޒަރީއާއިންނާއި، ދީނީ އެކިއެކި ޕްރޮގުރާމްތައް ހިންގައިގެން އަދި ފޯރަމްތަކުގެ ޒަރީއާއިން އަނިޔާ ހުއްޓުވުމަށް ޕްރޮގުރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ބޮޑުވަމުންއަންނަ ކުދިން ނޭދެވޭ ކަންތައްތަކާއި ދުރުވުމަށް މިފަދަ ޕްރޮގުރާމްތައް ހިންގުން މުހިންމުކަމަށާއި، އެހެންކަމުން ބެލެނެވެރިންނަށް ހާއްސަކޮށްގެން ޕްރޮގުރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
“އިސްލާމީ ކަންތަކާއި ބެހޭ ވުޒާރާއަކީ އިސްލާމީ ކަންތަކާއި ގުޅޭގޮތުން މުޅިގައުމު ހޭލުންތެރިކަން އިތުރުކޮށް އެންމެ މުހިންމު މަސްއޫލިއްޔަތު އަދާ ކުރާ ވުޒާރާ” ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކުޑަކުދިންނަށް އޯގާތެރިކޮށް ހިތުމަކީ އެއީ އިސްލާމްދީނުގެ އަޙްލާގިއްޔަތުގެ ތެރޭގައި ހިމެނޭ އެންމެ މިހިންމުކަމެއް ކަމަށެވެ. ޝަހީމް ފާހަގަކުރެއްވީ އިސްލާމް ދީން ވަރުގަދަ ކުރުމައްޓަކާއި، މި މަސައްކަތް ކުރަން މިހާރު ވަނީ އަމާޒު ހިފާފައި ކަމަށެވެ.

