ރާއްޖޭގައި ބަލި މީހުންނަށް ދެވޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރެވޭނެ ނިޒާމެއް މިހާރު ގާއިމު ކުރެވިފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.
ވަޒީރު ހަލީލު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެެވެ.
އެ ޚިތާބުގައި ވަޒީރު ހަލީލު ވިދާޅުވީ، ސިއްޙީ ފަރުވާގެ އެންމެ މުހިންމު އެއްބަޔަކީ ފަރުވާއަށް ދެވޭ ބޭސް ކަމަށާއި، ރާއްޖޭގައި ދެވޭ ބޭހަކީ ޞައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު މިވަނީ ގާއިމު ކުރެވިފައިވާ ކަމަށެވެ.
މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ބޭހުގެ ކޮލިޓީ މަތިކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެގޮތުން، މި މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ވަނީ ދިރާސާއެއްވެސް ހަދާފަ އެވެ.
މީގެ އިތުރުން ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރެއިން ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނަން މިހާރު މިވަނީ މަސައްކަތް ފަށާފައިކަމަށެވެ. އަދި ކުރިން، ތަކުރާރުކޮށް އިޙުމާލުވެފައިވާ ކަންކަމާ، ކުރީގެ ބައެއް ދެކޮޅުނުޖެހޭ ސިޔާސަތުތައް މުރާޖަޢާކޮށް ދެމެހެއްޓެނިވި ގޮތަށް ކަންކަން ބަދަލުކުރަން މިހާރު ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

