މިއަހަރު ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު މިއަދު ބަހަންފަށާނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި މާދަމާ ކަދުރުބަހަން ފަށާނީ ކޮންމެ ގޭބިސީއަށް އެއްކަދުރުޕެކެޓްގެ މަގުން ކަމަށެވެ. މިގޮތުން ކަދުރު ބަލައިވަޑައިގަންނަވާ ބޭފުޅުން އައިޑިކާޑު ގެންނަން ޖެހޭނެ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، މެންދުރުފަހު 1:00 ،އިން ފެށިގެން 3:00 އާ ހަމައަށް ކަދުރު ބަހާނެ ކަމުގައެވެ.
އަދި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް، ކަދުރު ބަހާނީ މެންދުރު 1 އިން 3 އަށް ކަމަށާއި، މިމަހުގެ 23 އިން 25އަށް ކަދުރު ބަހާނީ ހެނދުނު 9:30 އިން މެންދުރު 12 އަށް ކަމަށެވެ.
މިއަހަރުވެސް ރާއްޖެއަށް ސަޢޫދީ އަރަބިއްޔާއިން ވަނީ، 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

