ނިދި މަދުވުމަކީ ވަޒީފާއަދާކުރުމުގައްޔާއި ކިޔެވުމާއި ދުއްވުން ފަދަ އިޖުތިމާއީ ކަންކަމުގައި ހުރަސްތަކެއް ކުރިމަތިވާ ކަމެކެވެ. ނިދި މަދުވުމުގެ ސަބަބުން އުނގެނުމާއި، މީހުންނާއި މުއާމަލާތްކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ނިދި މަދުވުމަކީވެސް ބައްޔެއްކަމަށް ސިއްޙީ މާހިރުން ބުނެއެވެ.
ނިދިމަދުވުމުގެ އަލާމާތްތައް:
- ނިދަން ބޭނުން ނުވާ ވަގުތުތަކުގައި ނިދި އައުން
- ރުޅިގަދަވުން
- އެއްވެސް ގޮތަކަށް ނިދި ނައުން
- ނިދާއިރު އަވަހަށް ނިދުން
- މުޅިދުވަހު ވަރުބަލިކަން އިހުސާސްވުން
- ބޮލުގައި ރިއްސުން
ނިދަން އުނދަގޫވުމުން ބައެއް މީހުން ނިދާބޭސް ބޭނުންކޮށްގެން ނިދައެވެ. މިއީ ވަގުތީ ހައްލެއް ނަމަވެސް ދިގުމުއްދަތަކަށް މީގެ އުނދަގޫ ތަހައްމަލް ކުރަމުން ދާ ފަރާތްތައް ގިނައެވެ.
މިއަދު ހިއްސާކޮށްލަން މި އުޅެނީ ފައިދާ ހުރި މާއްދާތަކެއް ބޭނުންކޮށްގެން ފައިދާ ހުރި ބުއިމެއް ގޭގައި ތައްޔާރު ކޮށްލާނެ ގޮތް ބުނެދޭށެވެ. ހަމަ ނިދި ނުލިބި ނިދަން އުނދަގޫވާ ނަމަ މި ބުއިމުގެ އަޖުމަ ބަލާލާށެވެ.
ބޭނުންވާތަކެތި:
1 ފެހި އާފަލް
6 ސްޓޯބެރީ
200 ލީޓަރ ފެން
އާފަލް ކޮށާފައި ސްޓޯބެރީ އަދި ފެން މިކްސަރަށް އަޅާލުމަށްފަހު ގިރާލައިގެން ނިދުމުގެ 1 ގަޑި އިރު ކުރިން ބޯލާށެވެ.
ނިދި ރަގަނޅުގެ ހޭލާއިރު ތާޒާކަން އިހުސާސްވެގެން ދާނެއެވެ.

