ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ޢީދަށް ޙާއްސަކޮށް މުޅި ރާއްޖެ ދިއްލާލުމަށް ކުރިއަށް ގެންދާ "ޢީދު އަލި" ގެ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތް ރާވައި ހިންގަން ލިބުމަކީ ކުންފުނީގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް ކަމުގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މި މަސައްކަތުގެ ދަށުން ސަރުކާރުން ދަނީ ފިތުރު ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް ޑރ މުއިއްޒުގެ އިސްނެންގެވުމުް މަތިން މި އަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ މި މަސައްކަތަކީ ޢީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ފަހުމީ ވަނީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައެވެ.
އަދި ހަމަ މިއާއިއެކު މިއީ ޢީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީޚުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫޙު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ ޢީދެއް ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
އަދި ހަމަ މީގެ އިތުރުން މި ކަމަކީ މިއީ އަންނާން އޮތް ޖީލުތަކަށް ޢީދުގެ އުފާވެރި މުނާސަބަތު ޤައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަޚުރެއް ކަމުގައެެވެ.
"މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަޚުރެއް." – ސްޓެލްކޯ އެމްޑީ، ފަހުމީ
މާލޭ ސަރަހައްދު ޢީދަށް ދިއްލާލުމަށް ކުރާ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ދަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ.

