ދުނިޔޭގެ އެންމެ ފުރަތަމަ “އޯލް ޕްރިމިއަމް” ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިން ” ބިއޯންޑް”އިން ރާއްޖެއާއި ދުބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބިޔޯންޑުން ރާއްޖެއާއި ދުބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވާ ކަަމަށެވެ. މިއާއިއެކު ދުބާއީ އާއި މާލެއާ ދެމެދު ދަތުރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވީއައިއޭއިން ބުނެފައިވެއެވެ.
މި ފްލައިޓުން އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ލިބިގެން ދާއިރު މި ފްލައިޓްގައި ބިޒްނަސް ކްލާސްގެ 44 ގޮނޑި ހުންނާނެއެވެ. މި ފްލައިޓްގެ ޚިދުމަތްތައް ތަޢާރަފް ކުރުމަށްޓަކައި ސިމްޑީ ގްރޫޕާއި، ޔޫއޭއީގެ އަރަބެސްކް ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެކްސް އާއި ގުޅިގެން މި އެއަރލައިން އުފައްދާފައިވާއިރު، އެ ކުންފުއްޏަކީ ލުފްތަންސާ އަދި ޤަތަރު ފަދަ އެއަރލައިން ތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަޤާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.
ބިޔޯންޑުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގައެވެ.

