މުސްލިމު ވޯލްޑްލީގެ (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަން ކުރައްވައިފިއެވެ.
އެކަން ހާމަ ކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން މީޑއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަޖިލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ ކަމަށެވެ.
ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަ ގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖްލީހެވެ.
މީގެއިތުރުން އެއީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގްވާމީ ޖަމިއްޔާއެވެ.
އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތް ވެގެންވާ މައްކާގައެވެ.

