މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8000 ރުފިޔާގެ މަގުން ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ މާލޭ މިއަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު އިތުރު ވެފައިވާތީ ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހުންނަށް މީހަކަށް ބޮލަކަށް 8،000 ގެ މަހުން ބަހަން ފަށާފައިވާ ކަމަށެވެ. އަދި އެފައިސާ ޖަމާވާނީ އެމީހުންގެ އެކައުންޓަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފައިސާ އިއްޔެވަނީ ބަހަން ފަށާފައެވެ.
އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށް ކަމަށެވެ. އަދި އެރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް ކަމަށް ވިދާޅުވިއެވެ.
“މާލެއަށް ފިތުރު ޒަކާތް ދެއްކި އަދަދު ވަނީ އިތުރުވެފައި. މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ވަނީ ބަހަން ފަށާފަ. ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށް.” މިނިސްޓަރު ޝަހީމް
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ ލިބުނު އަދަދި ޒަކާތު ހައުސްއިން އަދި ހާމަނުކުރިނަމަވެސް ރޯދަމަހުގެ ފުރތަމަ 20 ނިމުނުއިރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ގޮވާމުގެ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތިވެސް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

