އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެ އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 13.92 ކިލޯގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ 6.5 ސިންތެޓިކް ކެތިނޮންސް، 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް އަދި 350 ގްރާމްގެ އެމްފެޓަމިންއެވެ.
ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުންކަމަށް އަދާހަމަ ހިސާބުތަކުން ދައްކާއިރު، މިހާރު މިކަމަށް ހައްލެއް ގެނައުމަށް ފުލުހުންގެ މޮނިޓަރިން އެއާޕޯޓުގައި ހަރުދަނާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެެވެ،

