ރޭސިން ސައިކަލަކުން ޖެހި އެކްސިޑެންޓުވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީިޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ހއ. ކެލާ، ފޭރުމާގޭ، އަލީ ނަސީރުގެ އާއިލާގެ މީހަކު ބުނީ އަލީ ނަސީރަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ. އެކަމަކު، އޭނާގެ ހާލު މަޑު މަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން މައުލޫމާތު ދެއެވެ.
ހުޅުމާލޭ “މަސްޖިދުއް ރަޝީދު” މިސްކިތުގައި އިޝާ ނަމާދާއި ތަރާވީސް ނަމާދު ކުރުމަށް ފަހުގައި ގެއަށް ދިޔަ މަގުމަތީގައި ރޭސް ޖަހާ ވައްތަރުގެ ބޮޑު ސައިކަލެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އަލީ ނަސީރުގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ، ހަށިގަނޑުގެ ބައެއް ތަންތަނަށް ވެސް އަނިޔާވިއެވެ. އެންމެ ފުރަތަމަ ނަސީރަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސައިކަލް ދުއްވަން އިން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

