ކަނޑުހުޅުދޫއާއި ގެމަނަފުއްޓާއި، ދެމެދު ސްޕޯޓްސް ފިޝިން ބޮއެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.
މިއީ މި ދެރަށުގެ ދެމެދުގައި އަޅާ ފުރަތަމަ މިފަދަ ބޮއެކެވެ. ސްޕޯޓްސް ފިޝިންނަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. މި ކުޅިވަރަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ކުޅިވަރެކެވެ. މިގޮތުން ރާއްޖެއަށް އަންނަ ވަރަށް ގިނަ ފަތުރުވެރިން ވެސް މަސް ބޭނުމަށް މިއީ ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ.
ފަތުރުވެރިކަން ތައާރަފް ވަމުންއަންނަ އަންނަ ގއ. އަތޮޅުގައި މިފަދަ ބޮއެއް އެޅުމުގެ ސަބަބުން އެ ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާގެ މަގު ތަނަވަސް ވެގެންދާނެއެވެ. އަދި ކަނޑުހުޅުދޫ އާއި ގެމަނަފުއްޓަކީ މަސްވެރި ދެ ރަށަށް ވެފައި މި ދާއިރާ އަށް ޝައުގު ވެރިކަން ހުންނަ ޒުވާނުންވެސް ގިނައެވެ.
ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮއެ އަޅަން ނިންމާފައިވާއިރު، ސްޕޯޓްސް ފިޝިން ތައާރަފްކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

