22 މީހަކާއިއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާ ވެއްޖެއެވެ.
ހުޅުމާލެ ކައިރިން ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެންސިޑެންޓެއްގައި އަނިޔާވެފައިވަނީ ދެ މީހަކަށެވެ.
ހުޅުމާލެ ބޭރުން އޮންނަ ބަނާނާ ރީފް ކައިރިން މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 8:15ހާއިރު އެވެ.މި ހާދިސާ ހިނގިއިރު އެ ލޯންޗް ދަތުރު ކުރަމުން ދިޔައީ ކ. ހިންމަފުށިން ޝެރަޓަން ރިސޯޓަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވީ ޑިންގީގައި ތިބި ދިވެއްސަކާއި ބިދޭސީ އަކަށް ކަމަށެވެ. އަދި އަނިޔާ ލިބުނު ދެ މީހުންގެ ތެރޭގައި ވެސް ސީރިއަސް އަނިޔާއެއް ލިބުނު މީހަކު ނެތް ކަމަށް ފުލުހުން ބުނެއެވެ.އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުން ހާމައެއް ކޮށްފައި ނުވެއެވެ.މިހާދިސާއާއި ގުޅިގެން އިތުރަށް ބަލާން ޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

