މި އަހަރުގެ ފިތުރު އީދު ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާންމުންނާ އީދު ސަލާމް ކުރައްވައިފިއެވެ.
މި ސަލާމުގައި މާގިނަ ބަޔަކު ބައިވެރިނުވި ކަމުގައިވިޔަސް އެމަނިކުފާނުދެކެ އަބަދުވެސް ލޯބިވާ ފަަރާތްތަކުން އެމަނިކުފާނާ ބައްދަލުވެ ސަލާން ގަކާން ކުރުމުގައި ބައިވެރިވިވެއެވެ.
މިއަދު ހެނދުނު އީދު ސަލާމް ކުރެއްވުން އޮންނާނެކަން މައުމޫން އަބްދުލްގައްޔޫމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދު ސަލާމް ކޮށްލެއްވުމަށާއި އެ މަނިކުފާނާ ބައްދަލުކޮށްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ވަގުތުކޮޅެއް ހުސްކޮށްލުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އީދު ސަލާމް ކުރުން ކުރިއަށްދާނީ މ. އެންދެރިމާގޭގައި ހެނދުނު 9:30 އިން 11:00 އަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮތީ މިއަދު ހެނދުނު 9:30 އިން 10:30 އަށް ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ،

