މ. ރަބީއުވިލާގައި އަލިފާން ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމުގައި އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
ވަރަށް ބާކޮށް ހުރި މިގޭގައި ރޯވެފައި ވަނީ 4 ވަނަ ފަންގެފިލާގައެވެ. ރޯވެފައި ވާ އަލިފާންގަނޑު ސީލިންގައި ހިފާ އިމާރާތުގެ ބޭރަށް ވެސް ހުރީ ފެތުރިފައެވެ.

ފޮޓޯ އެމްއެންޑީއެފް
މި އިމާރާތް ހުންނަ މަގަކީ ހަނިހަނި މަގެއް ކަމުން އެ މަގުގެ ދެފަރާތުގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހާދިސާގާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައެއްނުވެއެވެ.

