މާލޭ ސިޓީގައި ދިރިއުޅޭ ގއ. ދާންދޫ އަންހެނަކު ނުފެނިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ހޯދަމުން ދަނީ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44 އަހަރެވެ.
އާއިލާއަށް ޚަބަރެއްނުވެ، ޝަޒިއްޔާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭޕްރިލް 08 ވަނަ ދުވަހުގެ 10:55 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.
ޝަޒިއްޔާ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެެވެ.

