ފިތުރު އީދުގެ ކުޅިވަރުތައް ބަަލަން އާޓިފިޝަލް ބީޗް ސަރަހައްދަށް ދާ މީހުން ޖަމާވެ، އެސަރަހައްދުގެ މަގުތަކާއި އަދިިވެސް އެހެނިހެން މާލެގޭ މަގުތައް ބާރުވެ ޓްރެފިކް ޖޭމްވެއްޖެއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޝޯވއަކާއި، ހަވާ އަރުވާތަން ބެލުމަށް އަދި ކުޅިވަރުތަކުގައި ބައިވެރިވުމަށާއެކު، ކުޑަކުދިން ގޮވައިގެން ގިނަ އަދަދެއް ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.
މަގުތައް ތޮއް ޖެހި ޓްރެފިކް ބާރުބޮޑުވެެ މަގުތައް ތޮއްޖެހުނީ، ކުޅިވަރުގެ މިހަރަކާތްތަައް ނިމުމާއެކު އެހެން ތަންތަނަށް ދިއުމަށްޓަކައި އެއްފަހަރާ މަގުތަކަށް މީހުންނާއި ދުއްވާތަކެތި ނުކުތުމުންނެވެ، އަދި ހަމައެއާއެކު އީދާ ގުޅިގެން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން އޮތީ މަނާކޮށްފައެވެ.
ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ، ޓްރެފިކްގައި ޖެހިގެން ކުރިއަށް ނުދެވި 20 މިނެޓް ހޭދަކުރަން ޖެހުނު ކަމަށެވެ.
މިފަދަ ބޮޑެތި އިވެންޓްތައް ބާއްވާއިރު، އާންމުކޮށް އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ، ޓްރެފިކް ބަލަހައްޓައެވެ.

