ހައްދުންމަތީ ފޮނަދޫގައި ބިންހިއްކުމުގެ މަޝްރޫއާއެެކު ހައުސިންގެ ބިޔަ ބޮޑު މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހައުސިންގެ މަޝްރޫއު އެއީ ބަޖެޓުގައި ހިމަނާއިގެންނާއި އިންވެސްޓަރުންނާއި އެކި ފައިނޭންޝަލް މޮޑެލްގެ ތެރެއިން ހިންގާނެ މަޝްރޫއެއް ކަމަށެވެ. އަދި އޭގެން ދެމެހެއްޓެނެވި ގޮތަކަށް ތަރައްޤީގެ ފައިދާ ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“މި ރަށުގެ ތަރައްޤީގައި އިތުރަށް ބިން ހިއްކަން ވައުދުވެ، ހައުސިންގ މަޝްރޫއުތައް ބެހިގެންދާއިރު އެންމެ ގިނައިން ހައުސިންގ ޔުނިޓް އެޅޭ ރަށްތަކަކީ 7 އާބަން ސެންޓަރު ކަމަށްވާއިރު މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއާއެކު ހައުސިންގެ ބިޔަ ބޮޑު މަޝްރޫއެއް މި ރަށުގައި ހިންގާނަން. އެއީ ބަޖެޓުގައި ހިމަނާއިގެންނާއި އިންވެސްޓަރުންނާއި އެކި ފައިނޭންޝަލް މޮޑެލްގެ ތެރެއިން ހިންގާނެ މަޝްރޫއެއް. މީގެ ފައިދާއަކަށްވާނީ ދެމެހެއްޓެނެވި ތަރައްޤީގެ ތެރެއިން އަންނަ ކަންތައްތައް” ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ލ. އަތޮޅަށް އިޤްތިސާދީ ފުދުންތެރިކަން އަދި ގެނެވިފައިވާ ނެތް ކަމަށެވެ. އަދި އެ ފުދުންތެރިކަން ގެނައުމަށް އެއަރޕޯޓް މަޝްރޫއު ގެންނަން ޖެހޭ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކައްދޫ އަށާއި މުޅި އަތޮޅަށް ޓޫރިޒަމް ގެންނަން ޖެހޭ ކަމަށެވެ.

