ދެބަދޭތެރޭގަ ތަރައްޤީ ބާއްވަން ފުރުސަތު ނުދެއްވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫއަށް ވަޑައިގެން އައްޑޫ ރައޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އަދި ވެރިކަމަށްވީ 4 މަސް ކަމަށާއި، ނަމަވެސް ތަފާތުވާނީ ދައްކާފައި ކަމަށެވެ.
“ދެން ކިހިނެތްތޯ ވާނީ އެއްބާރުލުން ދޭ މަޖިލީހެއް ގެންނަން. އެހެންވެ މި ބުނީ ދެބެދޭތެރޭގައި ތަރައްގީ ބާއްވަން ފުރުސަތު ނުދެއްވާށޭ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުން ބޭނުންވި ހަގީގީ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. އެހެން ކަމުން 21 އޭޕްރީލްވާ ދުވަހު ވޯޓުން އެކަން ދައްކާވާ ތަރައްގީ ހޯދޭނެ މަގު ކޮށައި ދެއްވުމަށެވެ.

