މޯލްޑިވިއަންގެ ދަތުރުތައް، ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު އަލުން ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައި ވަނީ މޯލްޑިވިއަން އާއި ރީޖަނަލްސް އެއާޕޯޓް ގުޅިގެންނެވެ.
އިއްޔެ ފެށި މިދަތުރުތަކާ ގުޅޭގޮތުން މޯލްޑިވިއަން އިން ބުނީ ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ފްލައިޓްތަށް ފެށުމުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ކުރާނީ ހަފްތާއަކު ދެ ދަތުރެވެ. އެގޮތުން މޯލްޑިވިއަނުން ނިންމާފައި ވަނީ ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށެވެ.
ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް މީގެ ކުރިން ވެސް މޯލްޑިވިއަނުން ދަތުރު ކުރިއެވެ. ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާތީ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

