ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖަމަންޓް ސެންޓަރަށް ގެންދާ ކުނިވާ ޒާތުގެ ތަކެތި ކުނި ކަނޑަށް އުކާލައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި، ކަނޑަށް ކުނި އުކާލަދޭނެ ބަަޔަކު ހޯދަން ބިޑު ހުށަހަޅަން ކުޑަހުވަދޫ ކައުންސިލުން އިއުލާންކުރީ އިއްޔެ ރޭ 11 ޖެހިހާއިރު ނަމަވެސް މިހާރު އެ އިއުލާން ވަނީ ބާތިލުކޮށްފައި ކަމަށް ގެޒެޓުގައި ބުނެގައވެ.
”މި އިއުލާންވަނީ 13 އޭޕްރިލް 2024 13:39 ގައި ބާތިލް ކުރެވިފައެވެ.”
ގެޒެޓްގައި ކުރިން ކޮށްފައިވާ އިއުލާނުގައި ކައުންސިލުން ބުންޏެވެ

