ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަނީ 58 އަހަރު ފުރިފައެވެ. އުދުހުންތަކުގެ އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގައި ބައިގަރުރުނު ފާއިތުވެފައިވާއިރު، މިއީ ރާއްޖޭގެ ތަރައްގީއާއި މުޅި ގައުމުގެ އިގްތިސާދުގެ މައި ނާރެސް އެވެ.
މިއަދު މިދެކޭ ތަރައްގީގެ އެންމެ އުސްހަރުފަތަށް ރާއްޖެ ވާސިލްވުމަށް ވީއައޭގެ ރޯލު ހަގީގަތުގައިވެސް ބޮޑެވެ. ތަރައްގީއާއިއެކި އުދުހުމުގައި މަގު ކޮށިގެން ދިއުންވެސް މިއީ ދިވެހިންނަށް ލިބުނު އެންމެ ބޮޑު ރައުސްމާލުވެސް މެއެވެ. މި މުހިންމު ހިދުމަތް ދިވެހިންނަށް، ހަގީގަތަކަށް ހަދައިދިނީ އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް ނާސިރެވެ.
ރައީސް ނާސިރުވަނީ ރާއްޖެ އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށް ގިނަގުނަ މަސައްކަތް ކުރައްވާފައެވެ. މި ހިނގާ 2024 ވަނަ އަހަރުގެ ވީއައިއޭގެ އުސް އަލިތަކަށް ބަލާލި ނަމަވެސް ފެނިގެންދަނީ އުއްމީދީ ކުރިއެރުމާއި ނަތީޖާ ފެންނަ މަންޒަރެވެ.
ޖެނުއެރީ 4 ވަނަ 2024
25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި.
ޖެނުއެރީ 7 2024
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ސީޕްލޭން މޫމަންޓްސްގެ އައު ރެކޯޑެއް ހެދިގެންދިޔަ.
ފެބްރުއެރީގަ 1 2024
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފެށި. މިއީ ރާއްޖޭގައި އެއިރޯ ބްރިޖެއް ގާއިމްކުރި ފުރަތަމަ ފަހަރުއެވެ.
ފެބްރުއެރީ 27 2024
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢާ ގުޅޭގޮތުން ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓު، އެސްއެފްޑީއާއެކު މާލީ ވުޒާރާއިން މަޝްވަރާކުރައްވިއެވެ.
28 ފެބްރުއެރީ2024:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި “ސްމާޓު ގޭޓް”ގެ ޚިދުމަތް ފެށިއެވެ.
18 މާރޗްގައި 2024:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
2 އޭޕްރީލް 2024:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާއެކު އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފަވެއެވ.
13 އޭޕްރީލް 2024:
ޒަމާނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ވަނީ އެއަރޕޯޓް ޑިވެލޮޕްކުރުމުގެ 20 އަހަރުގެ މާސްޓަރ ޕްލޭނެއް އިފްތިތާޙުކޮށްފައެވެ. މިއީ އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކެޕޭސިޓީއާއި އެކު ތައާރަފްކުރެވުނު ހިދުމަތެކެވެ.
ރާއްޖޭގައި ވައިގެ ދަތުރުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 19 އޮކްޓޯބަރު 1960ގައެވެ. ޒަމާނީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ފުޅާކޮށް އެތަނުން ގިނަ ހިދުމަތްތަކެއްވަނީ ލިބިފައެވެ. މިހާތަނަށް އައިރު ވީއައިއޭގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގާ ވަނީ ބޮޑުތި ކާބީތަކެއެއްވެސް ހޯދާފައެވެ.

