މި އެޕްރިލް މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގައި ހިންގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެއެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، 18 އަހަރުގެ މުހައްމަދު ވިޝާލް، އެވެ.
އޭނާ ނިޔާވެފައި ވަނީ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްށެވެ.
ވިޝާލްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭ 12:00 ގައިއެވެ.
އެ އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ހަވީރު، 5:00 ހާއިރު ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ.
އެ އެކްސިޑެންޓާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް ދޭއް އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9393351 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

