އެމެރިކާއިން އިސްރާއީލަށް ތާއީދުކޮށް އީރާނަށް ކުަވެސް ހަމަލާއެއްދީފި ނަމަ އީރާނާއި އެއްކޮޅަށް ތެދުވާނޭ ކަމަށް ދުނިޔޭގެ ނިއުކުލިއާރ އެއްބާރު ކަމުގައިވާ ރަޝިއާއިން އީރާނާއި އެއްކޮޅަށް އަރާނެ ކަމަށް ރަޝީއާގެ ރައީސް އިންޒާރުދެއްވައިފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުން ހަމަލާތައް ދިނުމަށް އެގައުމަށް ވާގިވެރިވެ އެއްވެސް ވައިގެ ސަރަހައްދަކަށް ވަނުމުގެ ހުއްދަދީފި ނަމަ އެގައުމަކާއި ދެކޮލަށްވެސް ހަމަލާދޭނެކަމަށް ބުނެފައެވެ.
އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ އަޝްތިޔާނީ ވަނީ އީރާނަށް ހަމަލާ ދިނުމަށް އިސްރާއީލުގެ ވައިގެ ސަރަހައްދު ނުވަތަ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޭ ކޮންމެ ގައުމަކަށް ވަރުގަދަ އިންޒާރެއް ދެއްވައި، އީރާނުން އެކަމަށް "ނިންމަންޖެހޭ ޖަވާބެއް" ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަޝްތިޔާނީއާ ހަވާލާދީ އިރްނާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލަށް ވައިގެ ސަރަހައްދު ނުވަތަ ފަސްގަނޑު ހުޅުވާލާ ކޮންމެ ގައުމަކަށް ވެސް ފުރިހަމަ ޖަވާބެއް ލިބޭނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

