އީރާނުން އިސްރާއީލަށް ދިން ހަމަލާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ކުށްވެރިކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އެކްސްގައި އާންމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ އީރާނުން އިސްރާއީލަށް ދިން ހަމަލާ އިނގިރޭސިވިލާތުން ކުށްވެރިކޮށްފައިވާ ކަމަށެވެ.
އިޒްރޭލާ ދެކޮޅަށް އީރާނުގެ ސަރުކާރުން ދެމުންދާ ފަރުވާކުޑަ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އީރާނުން އަނެއްކާވެސް ދައްކުވައިދީފައި މިވަނީ އެގައުމުގެ އަމިއްލަ ގޯތިތެރޭގައި ހަލަބޮލިކަން އިންދުމުގެ ވިސްނުން ގެންގުޅޭކަން،" ސުނާކްގެ ބަޔާނުގައި ވެ އެވެ
ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ސްޓެފަން ސެޖޯރނޭ ވަނީ އީރާނުން އިސްރާއީލަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ފަރަންސޭސިވިލާތުގެ އެއްބައިވަންތަކަމާއި އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އިޒްރޭލުގެ ސަލާމަތާއި އުރުދުން އާއި އިރާގު ފަދަ ސަރަހައްދީ ހުރިހާ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިނގިރޭސިވިލާތް ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.
"އަޅުގަނޑުމެންގެ އެކުވެރިންނާ އެކު، އަޅުގަނޑުމެން މިހާރުން މިހާރަށް މަސައްކަތް ކުރަމުން މިގެންދަނީ، ހާލަތު ހަމައަކަށް އެޅުމަށާއި، އިތުރަށް ހަމަނުޖެހުން ތައް ކުރިމަތިވިޔަ ނުދިނުމަށް. އިތުރު ލޭއޮހޮރުވުމެއް ފެންނާކަށް އެކަކުވެސް ބޭނުމެއް ނުވޭ
އީރާނުން ހަމަލާ ދޭން ފެށުމުން މެދުއިރުމަތީގެ ހާލަތު ވަރަށް ކަންބޮޑުވާ ކަމަށް ނެދަލޭންޑްސް އިން ވަނީ ބުނެފަ އެވެ.

