ރަމަޟާން މަހުގެ ފަހު ދިހައެއް އަދި ޢީދު ބަންދަށް ފަހު މިއަދު ސަރުކާރު ހުޅުވާނެއެވެ. އީދު ބަންދަށްފަހު 6 ރޯދަ ތެރެއިން ފުރަތަމަ ހަތަރު ދުވަސް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.
މި ލިބުނު ބަންދާ އެކުގައި އަދި ކުރިއަށްއޮތް ބަންދުތަކާ އެކުގައި، އަހަރުތެރޭގައި އެންމެ މަދު ދުވަސްތަކަކަށް ސަރުކާރު ހުޅުވާ މަހަށް އޭޕްރީލް ވެގެންދާނެއެވެ.
ރަމަޟާން މަހުގެ ފަހު 10 އަކާއި ޢީދު ބަންދާއެކުގައި އޭޕްރީލް 13 ދުވަސް ސަރުކާރު ބަންދެވެ. އަދި އެއާއި އެކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އޭޕްރީލް 21- 22 ވެސް ހުދު. މީގެ އިތުރުން އެ ހަފްތާ އާއި ކުރިއަށް އޮތް ހަފްތާގެ ހުކުރު ހޮނިހިރު ދުވަސްތަކަށް އުނި ކޮއްލުމުން އޭޕްރީލް މަހުގައި ސަރުކާރު ހުޅުވާނީ އެންމެ 11 ދުވަހުއެވެ.
ސަރުކާރު ރަސްމީކޮށް ބަންދުކޮއްފި ވި ނަމަވެސް ކޮންމެހެން ދޭ ޖެހޭ ހިދުމަތްތައް ސަރުކާރުގެ އޮފީސްތަކުން މި ރަމަޟާން މަހުގެ ފަހު 10 އެއްގައި ދީފައިވާކަން ފާހަގަ ކޮއްލެވެއެވެ.

