ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ގޯތިތައް ބޮޑުކުރަން ހޯރަފުށީ ކައުސިލުން އެ ރަށުގެ ރައްުތުންގެ ކައިރީ ބުނާ ބުނުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ޕީޕީއެމް/ ޕީއެންސީން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހއ. ހޯރަފުށީ ކައުންސިލުން ކަންތައް ކުރަމުންދަނީ ގާނޫނާއި ގަވާއިދުން ބޭރުން ކަމަށާއި، އަދި އެމްޑީޕީ މެޖޯރިޓީ ކައުންސިލެއް އޮވެ އެ ކައުންސިލުންދަނީ ސަރުކާރުގެ ކެންޑިޑޭޓަށް ފާޅުގައި އެންޓި ކެމްޕޭން ކުރަމުން ކަމަށެވެ. އަދި ކައުުންސިލްގެ މުއައްޒަފުން ކެމްޕޭނުގައި ބޭނުން ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
“އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕޭނުގައި ކައުންސިލްގެ ވެހިކަލް ވެސް ބޭނުންކުރޭ. ޕްރިންޓަރާއި ކަރުދާހާއި، އެހެނިހެން ވަސީލަތްތައްވެސް ދަނީ ބޭނުން ކުރަމުން” ޕީއެންސީ
މީގެ އިތުރުން އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ ހޯރަފުށީ ކައުންސިލްގެ އަމާޒުހުރީ ގާނޫނުން އެ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާތަކަށްވުރެ މާ މަތީގައި ކަމަށެވެ. އަދި ރަސްމީ ގަޑީގައާއި، ނުރަސްމީ ގަޑީގައި އިދިކޮޅު ކެންޑިޑޭޓްގެ ކެމްޕޭން ކުރައްވަމުންދާ ކަމަށާއި، އިންތިހާބާއި ދިމާކޮށް ކައުންސިލުން ގޯތި ދޭންބުނުމާއި، މިހާރު ކައުންސިލުން ދީފައިވާ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުންދާ ކަމަށް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެެވެ.
މި ގޮތަށް ހޯރަފުށީ ކައުންސިލުން ކެމްޕޭން ކުރަމުންދާތީ މި ކަން ކަމާއިބެހޭ ފަރާތްތަކުން ބެލުމަށްވެސް ވެސް އެ ކައުންސިލުން ވަނީ މުއައްސަސާތަކަށްވެސް ގޮވާލައްވާފައެވެ.

